ހޯމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ހަމީދު ސަސްޕެންޑުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑު ކޮށްފައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ. ސަރުކާރުގެ އިސް އޮފިޝަލަު "ދުވަސް"އަ...

22 Oct 2019 | 09:05

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ހަމީދު ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑު ކޮށްފައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ. ސަރުކާރުގެ އިސް އޮފިޝަލަު "ދުވަސް"އަށް މިއަދު ވިދާޅުވީ އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ހަގީގަތްތަކެއް އެކުލެވިގެންވާ ކަމަށެވެ. ނަމަވެސް ޖިންސީ ފުރައްސައިގެ މައްސަލާގައި އޮފިޝަލް ވިދާޅުވީ އެފަދަ ވާހަކަތަކެއް ދެކެވޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ކަމެއް ނުވަތަ ނޫން ކަމެއް ދަންނަވަން ދަތި ކަމަށެވެ.

މިކަމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް