ބްރިޖްމަތީ ސައިކަލެއް ކަހަލާ މަންޒަރު ބަލަން މަޑުކޮށްގެން އިން ސައިކަލު ވެސް އެކްސިޑެންޓް

މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކަހާލާ މަންޒަރު ބަލަން މަޑުކޮށްގެން އިން ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ. ފުލުހުން ވިދާޅުވީ، މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭ ހަތަރު ލޭން ސަރަހަ...

22 Oct 2019 | 09:03

މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކަހާލާ މަންޒަރު ބަލަން މަޑުކޮށްގެން އިން ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މާލެ އިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭ ހަތަރު ލޭން ސަރަހައްދުން ކަހާލައިގެން ދިޔަ މަންޒަރު ބަލަން ފަހަތުގައި އިން ސައިކަލެއް މަޑުކޮށްގެން އިންދައި އޭގެ ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދި 12:06 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި ކަހައިލި ސައިކަލުގައި އިން މީހާ އަށް އެކިވަރުގެ އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އެކްސިޑެންޓްވި އެއް ސައިކަލާއި ކަހާލައިގެން ވެއްޓުނު ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މި ހާދިސާގައި ތިން ސައިކަލު ދުއްވަން ތިބި ތިން މީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް