އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއްގެ މައްސަލަ ބަލަނީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައި ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކުރެވޭ އެމައްސަލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން...

22 Oct 2019 | 07:38

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައި ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކުރެވޭ އެމައްސަލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާއި ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވިކަމުގެ ތުހުމަތުގައި 13 އޮކްޓޯބަރު 2019 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާތީ އެކަމުގައި ޝާމިލްވީ ސީދާ ކިތައް ފުލުހުންކަން ބުނަން ދަތި ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ވަރަށް އަވަހަށް އެމައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ތަހުޤީޤު ކުރެވޭ ފުލުހުންގެ ތެރޭގައި ފުލުހުންގެ އެކި ގިންތީގެ ފުލުހުން ހިމެނެއެވެ. އެގޮތުން ފުލުހުންގެ ނޮން ކޮމިޝަންޑް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އެކްޒެކެޓިވް ލެވެލްގެ ފުލުހުން ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް