މަހާޒާއި ދިޔާނާގެ ރިޕޯޓު، އަނބުރާ ކޮމެޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އަލީ ޒާހިރު އާއި ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އަނބުރާ އެ ކޮމިޓީ އަށް ފޮނުވައިފިއެވެ....

22 Oct 2019 | 05:35

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އަލީ ޒާހިރު އާއި ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އަނބުރާ އެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓު އަނބުރާ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވީ އެ ދެނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ. އެހެންކަމުން ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދިނުމަށް ނަޝީދު ވަނީ ކޮމިޓީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ދިޔާނާ އާއި މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް “ހައިލީ ރިކަމެންޑު” ކޮށްފައިވާ ދެ ނަމެވެ. މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް