އާޓިފިޝަލް ބީޗުން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނިޔާވެފައިވާ މީހާ އަކީ ކާކުން ދެނެގަނެވެއްޖެ ކަމަށާއި، އާއިލާއަށް ގުޅިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ނިޔާވެފައި ވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އާއިލާ އިން މިހާރު ވަނީ އެމީހާ އާއި ހަވާލުވެފައި ކަމަށެވެ.
ދޮށީ އުމުރުގެ މި މީހާ މިއަދު ހެނދުނު 6:26 ހާއިރު އެ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، އެއީ ކާކުކަން ދެނެގަތުމަށް އޭޑީކޭ އިން ވަނީ ޓްވީޓެއް ކޮށްފައެވެ. އަދި ފުލުހުން ވެސް ވަނީ އެކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ.
އޭޑީކޭ އިން މިއަދު ކުރި ޓްވީޓުގައި ބުނެފައި ވަނީ އުމުރުން 50 އަހަރާއި 60 އަހަރާއި ދެމެދުގެ ފިރިހެނަކު އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވައި އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެއީ ކާކުކަން ދެނެގަނަން އާންމުންގެ އެހީ ބޭނުންވާ ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި އެމީހާ ފެނުނީ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އިށީންދެ އިންދައެވެ. އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ދިރިހުރުމުގެ ނިޝާނެއް ނެތް ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް