އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

އާޓިފިޝަލް ބީޗުގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ. އެމީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެއީ ކާކުކަން ދެނެގަތުމަށް އޭޑީކޭ އިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފު...

22 Oct 2019 | 04:40

އާޓިފިޝަލް ބީޗުގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

އެމީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެއީ ކާކުކަން ދެނެގަތުމަށް އޭޑީކޭ އިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން ވިދާޅުވީ، އާޓިފިޝަލް ބީޗުގެ ގޮނޑީއެއްގައި ހާލު ދެރަވެފައި އިން ދޮށީ އުމުރުގެ މީހަކު މިއަދު 6:26 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އެމީހާ އަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެމީހަކީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އޭޑީކޭ އިން ބުނީ، ކާކުކަން ނޭންގޭ އުމުރުން 50 އަހަރާއި 60 އަހަރާއި ދެމެދުގެ ފިރިހެނަކު އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވައި އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެއީ ކާކުކަން ދެނެގަނަން އާންމުންގެ އެހީ ބޭނުންވާ ކަމަށެވެ.

https://twitter.com/ADKHospital/status/1186492079058358272

އެ ހޮސްޕިޓަލުން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދެވުނުއިރު ދިރިހުރުމުގެ ނިޝާނެއް ނެތްނަމަވެސް ހޮސްޕިޓަލުން އެމީހާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ.

ހުދު ތުނބުޅިއަކާއި މަތިމަހެއް ހުރި ދޮށީއުމުރުގެ މީހެއްގެ ހަބަރުވެފައި ނުވާނަމަ ނުވަތަ ވީތަނެއް ނޭންގޭނަމަ 3322111 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް