ގެއެއްގެ އަށްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 1:10 ހާއިރު ގ. މެސްކޮޓް ގޭގެ އަށްވަނަ ފަންގިފިލާއިން ދުން އަރާތީ ފުލުހުން އެގެއަށް ގޮސް ދޮރުގައި ތެޅުމުން، ދޮރު ނުހުޅުމުން ދޮރު ވައްޓައިލުމަށްފަހު އެގެއަށް ވަދެ ބެލިއިރު ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެފައިވާ ކަމަށެވެ. ފުލުހުން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލައިފައެވެ.
ނަމަވެސް އެ އިމާރާތުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރުމުން އެވަގުތު އިމާރާތުގެ ހުރިހާ ފަންގިފިލާއަކުން މީހުން ހުސްކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ އިމާރާތުން ދުމުގެ އަސަރު ކެނޑުމުން އަލުން ވަނީ މީހުން ވައްދާފައެވެ.
އެ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި އަލިފާން ރޯވެފައި ވަނީ އުނދުން މައްޗަށް އުދާފައި ހުރި ތެއްޔެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް