މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި 21 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުލުހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެން ފުލުހެކެވެ.
މި މައްސަލައިގެ ޖިނާއީ ތަހުޤީޤު ފުލުހުން ކުރަމުންދާއިރު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުންވެސް މިމައްސަލަ ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް