ދޫނިދޫ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

ކ. ދޫނިދޫ ބަނދަރު ތަރައްގީކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ތައްޔާރު ވެއްޖެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ މަސައްކަތްތައް ...

22 Sep 2020 | 07:56

ކ. ދޫނިދޫ ބަނދަރު ތަރައްގީކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ތައްޔާރު ވެއްޖެ އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ މަސައްކަތްތައް ކުރިޔަށް ގެންދަން ސައިޓް މޮބިލައިޒްޑް ކޮށް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތް ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

މި މަޝްރޫއު ނިމޭއިރު  ދޫނިދޫގެ 4.61 އޭކަރުގެ ބަނދަރު ފުންކުރާނެ އެވެ. 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެ އެވެ.

އަދި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. މީގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 51.4 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ 05 ސެޕްޓެމްބަރ 2019 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް