އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދަރިވަރުންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސުކޫލު ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ. އަލިފާނުގެ ޙާދިސާގައި ގެއް...

22 Sep 2019 | 14:00

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސުކޫލު ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ.

އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ސުކޫލު ދަރިވަރުންގެ ހާލު ބައްލަވާލެއްވުމަށް، އެ ދަރިވަރުންގެ ސުކޫލުތަކަށް މިނިސްޓަރ އައިޝަތު އަލީ ވަނީ މިއަދު ޒިޔާރަތްކުރައްވާފައެވެ.

https://twitter.com/MoEdumv/status/1175687424900382720

މީގެ އިތުރުން ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާފަންނު މަދަރުސާ އަށް ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް މިނިސްޓަރ ވަނީ އެ ސުކޫލަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

https://twitter.com/MoEdumv/status/1175688186602778624

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދަރިވަރުންގެ ޔުނީފޯމު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ ހަވީރު 17:00 އިން 21:00 އަށް ލިބެން ހުންނާނެ ކަމަށާއި އަދި މިއަދު ސުކޫލަށް ދަރިވަރުން އަންނައިރު ޓެކްސްޓް ފޮތާއި އެހެނިހެން ސާމާނު ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ 13 އާއިލާއެއްގެ 87 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް