މަޖީދިއްޔާ ސުކޫލުގެ ކިޔެވުން ބަންދުކޮށްފި

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާ ގުޅިގެން، މަޖީދިއްޔާ ސްކޫލުގެ ކިޔެވުން ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރެއްވި ޓުވީޓް ގައި ވިދާޅުވެފައިވަނީ، ދުމުގެ އަސަރުކޮށް އުނ...

22 Sep 2019 | 12:13

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާ ގުޅިގެން، މަޖީދިއްޔާ ސްކޫލުގެ ކިޔެވުން ބަންދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރެއްވި ޓުވީޓް ގައި ވިދާޅުވެފައިވަނީ، ދުމުގެ އަސަރުކޮށް އުނދަގޫވާކަމަށް ބައެއްކުދިން ބުނުމާއިގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްކޫލުގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށެވެ.

https://twitter.com/MoEdumv/status/1175681075936280578

ނަމަވެސް ރޭ އެޑިއުކޭޝަނުން ކުރި ޓްވީޓްގައި ވިދާޅުވެފައިވަނީ އަލިފާން ރޯވި ސަރަހައްދު މޮނީޓަރުކޮށްފައިވާކަމަށާއި ސްކޫލުތަކުގެ ކިޔެވުން ފެށޭނެކަމަށެވެ.

https://twitter.com/MoEdumv/status/1175422023805227008

މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ވަނީ ހަ އިމާރާތުގައި އަލިފާން ރޯވެ އެކަކު ނިޔާވެސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް