ޗައިނާއިން ރާއްޖެއަށް 434 މިލިއަން ރުފިޔާގެ ހިލޭ އެހީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެޤައުމުން ރާއްޖެއަށް 434 މިލިއަށް ރުފިޔާގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމުއްގައި ސޮއިކޮށްފިއެވެ. ޝާހިދު ޗައިނާއަށް ފެއްޓެވި ރަސް...

22 Sep 2019 | 11:47

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެޤައުމުން ރާއްޖެއަށް 434 މިލިއަށް ރުފިޔާގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމުއްގައި ސޮއިކޮށްފިއެވެ.

ޝާހިދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރު އިއްޔެ ނިންމަވާލެއްވުމަށްފަހު ދެއްވި އިންޓަވިއު ގައި ވިދާޅުވީ، ފަންނީ އަދި އިޤްތިސޯދީ ދާއިރާއާއި ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 434 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ 200 މިލިއަން ޗައިނީޒް ޔުއާންއެވެ.

މީގެ އިތުރުން ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އެޅުމަށް ދިރާސާ ހެދުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ތަމްރީނާއި، ކޯޗިން އަދި އިންފްރާސްޓްރަކްޗާ ބިނާ ކުރުމުގައި ޗައިނާއިން ރާއްޖެއަށް އެހީވެދިނުމުގައި ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ، ދެޤައުމުގެ ސްޓޭޓް މިނިސްޓަރުންގެ ރަސްމީ މަޝްވަރާ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް