އަލިފާނުގެ ޙާދިސާގައި އަސަރުކުރި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ހަމަޖައްސައިފިއެވެ. މި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން، ސިވިލް ސަރ...

22 Sep 2019 | 11:11

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ހަމަޖައްސައިފިއެވެ.

މި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަނުން އާންމުކުރި ނޫސްބަޔާނުގައި ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިޙާދިސާގައި ގެއްލުންވި ފަރާތްތަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާކަމަށެވެ.

އެގޮތުން ޗުއްޓީއެއް ދޭން އެ ކޮމިޝަނުން ނިއްމާފައިވަނީ، މި ޙާދިސާގައި އަސަރުކުރި ފަރާތްތަކުށް ޢާއްމު ޙާލަތަށް އައުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ވިދާޅުވީ، ޗުއްޓީ ބޭނުންވާ ފަރާތަކުން އެފަރާތެއް މަސައްކަތްކުރާ މުވައްސަސާއަކަށް އެންގެވުމުން ޗުއްޓީގެ ކަންކަން ހަމަޖެހިގެންދާނެކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން، އެންޑީއެމްއޭއިން ވަނީ ކަލާފާން ސްކޫލްގައި ވަގުތީ ހިޔާ ކޭމްޕެއް ޤާއިމްކޮށްފައެވެ. އަދި 13 ޢާއިލާއަކުން 83 މީހުނަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ދަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް