މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ސާމާނާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މާފުށީ ޖަލަށް ގިނަ އަދަދެއްފެ ސާމާނުތަކެއް އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 02:25 ހާއިރު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ކަމަށާއި މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އެތެރެކުރަން އުޅުނު ތަކެތި
7 ސިމްކާޑް
62 ފޯނު ޗާޖަރު
39 ޔޫއެސްބީ ކޭބަލް
22 ހެޑްސެޓް
05 އެޑެޕްޓަރ
29 ފޯނު (ނޮކިއާ) އާދައިގެ
41 ފޯނު ސްމާޓް
01 ފޯނު ނޮކިއާ
02 ފަހާ ކިޓް
05 ނިޔަފަތި ކަނޑާ ދަތި
05 ސުޕަރ ގްލޫ
05 ކަތުރު
03 ވަޅި ކުޑަ
02 ދަޅު ފެމް
02 ކަޓަރު ތިލަ ބޮކްސް
02 އަޔޮޑިން ލޮނު ޕެކެޓް
04 ލޯގަނޑު
12 ދުނިކީސްތިލަ
05 ސަމްސާ
05 އޫ
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް 26 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް