އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި މައްސަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑ...

22 Sep 2019 | 08:02

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. އޭނާ ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 50 މެމްބަރުންގެ އިއްތިފާގުންނެވެ. މައްސަލައިގެ ބަހުސް މިހާރު ވަނީ ފަށާފައެވެ.

މި މައްސަލަ ހުށަހަޅާފައިމިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއީ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާއެވެ.

އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުކަން، މި މައްސަލައިގާ ފާހަގަކޮށްފައިވާއިރު މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަޖިލީހުން ސަރުކާރަށް ބާރު އެޅުމަށްވެސް އެ މައްސަލައިގާ ބުނެފައިވެއެވެ.

ނުރައްކާތެރި އެ ހާދިސާގައި ހަތް އިމާރާތެއްގައި ރޯވެ އެކަކު މަރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް