މިފަހަރު ކެމިސްޓްރީ ފިހާރައިން ތަފާތު ގިނަ ވައްތަރުގެ މުދާ ހަމަ އެންމެ ރުފިޔާއަކަށް !

ތަފާތު ގިނަ ވައްތަރުގެ ކޮސްމެޓިކްސް، ކޮލިޓީ އަވި އައިނު އަދިވެސް އިތުރު ޕްރޮޑަކްޓްސް ހަމަ އެންމެ ރުފިޔާއަކަށް ބޭނުންފުޅުތޯއެވެ. އެހެންކަމަށް ވާނަމަ، މާލެއިން ނަމަ ބުރިޖު ހުރަސްކޮށް ބޫން ކަނޑާފައި ދާން...

22 Sep 2019 | 05:09

ތަފާތު ގިނަ ވައްތަރުގެ ކޮސްމެޓިކްސް، ކޮލިޓީ އަވި އައިނު އަދިވެސް އިތުރު ޕްރޮޑަކްޓްސް ހަމަ އެންމެ ރުފިޔާއަކަށް ބޭނުންފުޅުތޯއެވެ. އެހެންކަމަށް ވާނަމަ، މާލެއިން ނަމަ ބުރިޖު ހުރަސްކޮށް ބޫން ކަނޑާފައި ދާންވީ ހުޅުމާލޭގައި ހުންނަ ކެމިސްޓްރީ ފިހާރައެވެ.

އެ ފިހާރައިގާ މިވަނީ ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށާފައެވެ. އެއީ ތަފާތު ގިނަ ވައްތަރުގެ މުދާ ހަމަ އެންމެ ރުފިޔާއަކަށް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.

ކެމިސްޓްރީ ފިހާރައިން ހެދުމާއި، ނަން ހުސްކޮށް ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އިތުރުން އަންހެން ވެރިންގެ ގާމެންޓްސް، ސްޕޯޓްސް ގާމެންޓްސް، އަންޑަރ ގާމެންޓްސް ހޭންޑް ބޭގް އަދި ފައިވާނާއި ބޫޓުވެސް ލިބެން ހުންނާނެއެވެ.

100% ދިވެހި އުފެއްދުމެއް ކަމުގައިވާ ސްކިން ކޭންޑީގެ އުފެއްދުންތައްވެސް ކެމިސްޓްރީ ފިހާރައިން ލިބެން ހުރެއެވެ. ސްކިން ކޭންޑީއަކީ 2014 ގައި ތައާރަފްކުރި ބްރޭންޑެކެވެ. އެ ބްރޭންޑުގެ ފޭޝަލް، ބޮޑީ ސްކްރަބް، ލިޕް ބާމް، އަދިވެސް އިތުރު އުފެއްދުންތައް ހުރެއެވެ. ސްކިން ކޭންޑީގެ ރަސްމީ ފިހާރަ ފިޔަވައި މި އުފެއްދުން ލިބޭނެ ހަމައެކަނި ފިހާރައަކީ ކެމިސްޓްރީއެވެ.

ހުޅުމާލޭގައި ބޮކަރުމާހިގުން ރެހެންދި ސްކޫލު ދެކުނު މަގުގައި ހުންނަ މި ފިހާރައިން ދުވަހަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަން މިހާރު ދަނީ ކުރިއަށެވެ. އަދި މި ޕްރޮމޯޝަނަކީ ކަސްޓަމަރުން އުފަލުން ހެއްވާލާނެ ޕްރޮމޯޝަނަކަށް ވެގެންދާނެ ކަމުގައިވެސް އެ ފިހާރައިން ބުނެއެވެ. ޕްރޮމޯޝަނަކީ އެއްގޮތަކުން ބޮޑު ސަޕްރައިޒެއް ކަމުގައިވެސް އެ ފިހާރައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް