ބާޒާރުމަތީގައި ހާލުގައި ޖެހި އެކަނިވެފައި އިން މާބަނޑު އަންހަނެކު ހޯދައި ދެނެގަތުމަށް ޖެންޑަރ މިނިސްޓްރީން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި އެ އަންހެންމީހާގެ ކަންކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ބުރުގާ އަޅައިގެން ރަތް ހެދުމެއް ލައިގެން އިން އަންހެނަކު ބާޒާރުމަތީގައި ޕެލެޓް ފޮށިގަނޑެއްގެ މަތީގައި އިށީނދެ އިންނަ މަންޒަރެވެ. ވިއްސާރަ ކޯޓެއް ކަހަލަ އެއްޗެއް ބޯމަތީގައި އަޅައިގެން އިން މަންޒަރުވެސް ފެނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވާގޮތުގައި އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި އެ އަންހެން މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ޖެންޑާއަށް އެންގުމަށް އެ މިނިސްޓްރީން އެދެއެވެ.
އެގޮތުން ރަސްމީ ގަޑީގައިނަމަ 3328393 އަށް އަދި ނުރަސްމީ ގަޑީގައި ނަމަ 1412 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް