މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ފަށައިފި އެވެ.
އޮޕަރޭޝަން "ބްލޫ ވޭވް" ގެ ނަމުގައި ހިންގާ އޮޕަރޭޝަން ފައްޓަވައިދެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ. އެ އޮޕަރޭޝަންގެ ދަށުން ވޯޓް ނަގާ ދުވަހު ވޯޓް ނަގާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އިލެކްޝަންސް ކޮމިޝަނުން ސަލާމަތީ ގޮތުން އެދޭ އެހެން ވެސް އެހީތެރިކަން ފުލުހުން ފޯރުކޮށްދޭނެ އެވެ.
މި އޮޕަރޭޝަންގައި ވޯޓު ފޮށި ހުންނަ ހުރިހާ ތަނެއްގައި އާއި އިންތިހާބޭ ބެހޭ މައި މަރުކަޒުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާނެ އެވެ. އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ވޯޓުލާ ދުވަހު ބައެއް ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކަންކަމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް