އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އޮފީސް ހުންނަ އިމާރާތައް ފުލުހުން ވަދެއްޖެ އެވެ.
އިބޫގެ ކެމްޕެއިން އޮފީސް ހުންނަނީ ސޯލްޓް ކެފޭ ރެސްޓޯރަންޓް ހިންގާ ޝައިން ޓްރީ ބިލްޑިންގްގެ ފަސްވަނަ ފްލޯގަ އެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގާނޫނާއި ހިލާފު އަމަލުތަކެއް ސޯލްޓް ކެފޭ ހިންގާ ޝައިން ޓްރީ ބިލްޑިންގްގައި ހިނގަމުން ދާކަމަށެވެ. އެހެންވެ އެތަނަށް ވަދެ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.
https://twitter.com/PoliceMv/status/1043455507615240194
އިބޫގެ ކެމްޕެއިން އޮފީސް ހުންނަ އިމާރާތަށް ފުލުހުން ވަދެފައިވާއިރު މިވަގުތު އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުގެ ހުރިހާ ލީޑަރުން ތިއްބެވީ ކެމްޕެއިންގެ ފަހު ހަރަކާތް ކުރިޔަށް ގެންދިޔުމަށް މަޖިލިދީ މަގުގައި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް