ސަލްމާން ހާންގެ ޅިޔަނު އަޔޫޝް ޝަރުމާ ބޮލިވުޑަށް ތައާރަފް ކުރުމަށް އޭނާ އުފައްދާ ފިލްމު "ލަވްރާތްރީ" ރިލިޒް ކުރުމުގެ ކުރިން މައްސަލަ ގަނޑެއްގައި ތާށިވެއްޖެ އެވެ.
ސަލްމާން އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ފިލްމާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން އެންމެ ފުރަތަމަ މައްސަލަ ޖެއްސީ ފިލްމުގެ ނަމާއި މެދުކަމަށެވެ. އެހެންމެ މިހާރު ނަން "ލަވްޔާތްރީ" ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެކަމަކު މިހާރަު އެމީހުން މަސައްކަތް ކުރަމުން ދަނީ ފިލްމު ރިލީޒް ކުރިޔަ ނުދޭން ކަމަށާއި ފިލްމު ނުބެލުމަށް ގޮވާލާ ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އެ ފިލްމާ ދެކޮޅަށް ބަޔަކު ނުކުތީ އިންޑިއާގެ ހިންދޫ ދީނުގައި ފާހަގަ ކުރާ ފެސްޓިވަލެއް ކަމަށްވާ ނަވްރާތްރީގެ ނަމާއި އެ ފިލްމުގެ ނަން ގުޅުވާފައި އޮތުމުންނެވެ.
މި ފިލްމުގައި ފެނިގެންދަނީ އެ ފެސްޓިވަލް ތެރެއިން ދިމާވެ ދެމީހެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ވާހަކައެކެވެ. މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ މިހާތަނަށް ރިލީޒް ކުރީ ފިލްމުގެ ޓިޒާ ކަމަށާއި އެކަމަކު އޭގައިވެސް އެ ފެސްޓިވަލް ފާހަގަ ކުރާ ގޮތާއި ހިންދޫ ދީނަށް ފުރަސްސާރަ ވާގޮތަށް ނުވަތަ ބަދު ބަހެއް ރައްދުވާ ފަދަ ކަމެއް ނުހިމެނޭނެ ކަމަށެވެ.
މި ފިލްމުގައި އަޔޫޝްމަން އާއި އެކު ފެނިިގެންދާނީ ވަރީނާ ހުސައިން އެވެ. ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް