އައިޑީ ކާޑު ވިއްކި ކަމަށް ބުނެ އެމްޑީޕީ ބައެއްގެ މައްސަލަ ބަލަނީ

އައިޑީ ކާޑު ވިއްކި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ހަތަރު ޒުވާނެއްގެ މައްސަލަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހަތަރު މީހުންގެ މައްސަލަ ބަލ...

22 Sep 2018 | 07:17

އައިޑީ ކާޑު ވިއްކި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ހަތަރު ޒުވާނެއްގެ މައްސަލަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހަތަރު މީހުންގެ މައްސަލަ ބަލަން ފެށީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ކަމުގައި ވިޔަސް އެ ހަތަރު މީހުން ހައްޔަރު ނުކުރާ ކަމަށެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް  މިއަދު މީޑިއާގައި ވިދާޅުވީ އެ ހަތަރު މީހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ފުލުހުން ގޮސް އެ މީހުންގެ އައިޑީ ކާޑު ދޭން ބުނުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ. ހުނައިފު ވިދާޅުވި ގޮތުގައި ފުލުހުން އެމީހުން ކައިރިއަށް ގޮސް އައިޑީ ކާޑު ދެއްކުމަށް އެދުނީ ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ގޮސް ކުރި ޝަކުވާ އަކާއި ގުޅިގެންނެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމް ސަޕޯޓަރުން ފުލުހުންނަށް ޝަކުވާ ހުށަހެޅީ އެމްޑިޕީގެ ހަތަރު ޒުވާނުންގެ އައިޑި ކާޑު ގަންނަން ދިއުމުން ކާޑު ނެތް ކަމަށް ބުމުން، އެމީހުންގެ ކާޑު ވިއްކީ ކަމަށް ނިންމާފަ ކަމަށެވެ.

އެ ހަތަރު މީހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެމްޑީޕީ ސަޕޯޓަރުން ވަނީ ރަތަފަންދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑުގަދަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް