ރަސްފަންނު ވީރާނާކޮށް ނެތިކޮށްލަމުން ދާތީ މުއިޒު ކަންބޮޑުވުން ފާޅުކުރައްވައިފި

ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރަން ހަދާފައި ހުރި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެ ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު...

22 Aug 2020 | 10:14

ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރަން ހަދާފައި ހުރި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެ ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

ރަސްފަންނުގައި ހަދާފައިވާ ވެލިގަނޑު ނަގައި އެ ތަނުގައި ވަނީ ގާ އެޅި މަގެއް ހަދާފައި އެވެ. އަދި ރަސްފަންނުުގައި މިހާޜު ހުސްކޮށް ހުރި ޕެވީލިއަންގެ ސިޑިތަކާއި އެތަނުގެ ވަށައިގެން ޖަހާފައި ހުރި ބައެއް ފެންސްތައް ވެސް ފީވެގެން ވަނީ ވެއްޓިފަ އެވެ.

ޑރ. މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސްފަންނަނު ވެލިގަނޑު ފަދަ ތަންތަން ހަދާފައި ހުރީ މާލޭގައި އާއިލާތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ރައްޓެހިންނާއެކު ރައްކާތެރިކަމާއި ހިތްހަމަޖެހުމާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. ނަމަވެސް ރަސްފަންނު ފަދަ ތަންތަން ވީރާނާކުރިއަސް ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެެވެ.

https://twitter.com/MMuizzu/status/1297046858989092865

ރަސްފަންނަކީ ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އެކަމަކު އެ ސަރަހައްދުން ކުރިން ފެންނަ ހިތްފަސޭހަ ކަމެއް މިހާރު ނުފެނެ އެވެ.

ރަސްފަންނު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް