ގަވައިދާ ހިލާފަށް ރާއްޖޭގެ އިންގްތިސޯދީ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސް ބޯޓެއް ވަދެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެމްޑީއެފުން ބުނީ އެ ބޯޓު ފެނިފައިވަނީ ނ. މާޅެންދޫ ބޭރުން ކަމަށް ބުނެ އެވެ. މި ކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ކޮށްފައިވަނީ މިއަދު ހެނދުނު 11:30 އެހާއިރު އެވެ.
މި ރިޕޯޓު ކޮށްފައިވަނީ "ނާޒް" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަމުން ދިޔަ ބައެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑިއެފުން ވަނީ މިފަދަ ކަންކަމުގައި މަސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައި އެވެ
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް