ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭ ސިޔާސަތުތަކެއް

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރި ކުރަން ވަކި ސިޔާސަތުތަކެއް ކަނޑައަޅަން ނިންމައިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފައްޔާރު މިހެން ވިދާޅުވ...

22 Aug 2019 | 09:16

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރި ކުރަން ވަކި ސިޔާސަތުތަކެއް ކަނޑައަޅަން ނިންމައިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާރު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ 'ބީލަންވެރިންގެ މަހާސިންތާ' ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރި ކުރުމަށް ވަކި ހުދޫދުތަކެއްގެ މަތިން އަދި ވަކި ގޮތްތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަށް މިހާރު ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރެވޭނެ ވިޔަފާރިގެ ލިމިޓް ވިސްނުމާއި، ދައުލަތުގެ ވަކި ޕްރޮޖެކްޓްތައް ބޭރު މީހުންނާއި ހަވާލުކުރެވޭއިރު ދިވެހި ކޮންޓްރެކްޓަރަކާއި ޖޮއިންޓް ވެންޗަރ ކުރުން މަޖުބޫރު ކުރެވޭ އުސޫލެއް ކަނޑައެޅުމަށް ނިންމައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕްރައިވެޓް ސެކްޓާއަށް ވެސް މި ސިޔާސަތުތައް ކަނޑައެޅުމަށް ވިސްނަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަހާސިންތާ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް