އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރަމުންދިޔައީ ރައީސް ޔާމީން އަންގަވައިގެން ކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގާ މިއަދު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުންނެވެ.
އަދީބު ވިދާޅުވީ ޚިޔާނާތުގައި ބައިވެރިވި މީހުންނަކީ ރައީސް ޔާމީންގެވެސް އެކުވެރިން ކަމަށެވެ. އެއީ ރައީސް ޔާމީންވެސް މުއާމަލާތް ކުރައްވާ މީހުން ކަމަށާއި އެކަން އޭނާގެ ފޯނުގައިވާ މެސެޖުތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުންވެސް އެނގޭނެ ކަމުގައި ވިދާޅުވިއެވެ.
ޝަރީއަތުގެ މަޖިލީހުގައި އަދީބާއި ރައީސް ޔާމީންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. އަދީބު ވިދާޅުވަމުން ގެންދަވަނީ އެސްއޯއެފްގެ އެކައުންޓްގައި ކެމްޕޭނު ފައިސާއެއް ނުހުންނާނެ ކަމަށާއި ހުންނާނީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއަކީ ކެމްޕޭނު ފައިސާހެން، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުން ހީވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް