އިސްލާމިކް ޔުނިވާސިޓީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ. އާންމުންނަށް ހުޅުވާލައިގެން އިސްލާމިކް ޔުނިވާސިޓީން މި ކޭމްޕް މިއަދު ފަށާފައި ވަނީ ކޮންމެ މީހަކަށް ވެސް އެ ޔުނިވާ...

22 Aug 2019 | 07:26

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ.

އާންމުންނަށް ހުޅުވާލައިގެން އިސްލާމިކް ޔުނިވާސިޓީން މި ކޭމްޕް މިއަދު ފަށާފައި ވަނީ ކޮންމެ މީހަކަށް ވެސް އެ ޔުނިވާސިޓީގެ ހޯލަށް އައިސް ލޭ ހަދިޔާކުރެވޭނެ ގޮތަށެވެ.

އިސްލާމިކް ޔުނިވާސިޓީން މި ކޭމްޕް ފަށާއިފައި ވަނީ މިއަދު 10:00 ގައެވެ. މިއަދުގެ ހަވީރު 5:00 އަށް މިކޭމްޕް ކުރިއަށް ދާނެއެވެ.

އެންމެ ފަހުން ލޭ ހަދިޔާކުރިތާ ތިން މަސްވެފައިވާ، 18 އަހަރުގެ ކޮންމެ މީހަކަށް ވެސް މި ކޭމްޕުގައި ލޭ ހަދިޔާކުރެވޭނެއެވެ. ލޭ ހަދިޔާ ކުރަން އަންނަ ފަރާތްތަކުގެ ބަރުދަނުގައި 45 އާއި 50 ހުންނަންވާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން، ލޭ ހަދިޔާކުރަން އަންނަންވާނީ ކެއުމުގެ ދެ ގަޑިއިރު ފަހުންނެވެ. އަދި ލޭ ހަދިޔާ ކުރަން އަންނައިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ލިބިފައިވުން ވަރަށް މުހިންމެވެ.

ލޭ ހަދިޔާކުރުމުގެ ކޭމްޕެއްގެ އިތުރުން، އިސްލާމިކް ޔުނިވާސިޓީން މިއަދު ވަނީ ލޮލުގެ ކޭމްޕެއް ވެސް ފަށާފައެވެ. މި ކޭމްޕްގައި ވެސް އާންމުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

މި ލޮލުގެ ކޭމްޕްގައި ބައިވެރިވުމުން އައިކެއަރގެ ކޮންމެ އައުޓްލެޓްއަކުންވެސް 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ކޭމްޕްގައި ހިލޭ ޗެކަޕް ހެދުމާއި އައިކެއަރގެ ކޮންމެ އައުޓްލެޓްއަކުންވެސް ހިލޭ ރީފްރެކްޝަން ޗެކަޕްކުރުމާއި އަދި ސްޕެޝަލް ކޮންސަލްޓޭޝަންގެ ޚިދުމަތް އިންތިޒާމުކުރެވިގެންދާނެ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތުދެއެވެ.

އައި ކޭމްޕް ވެސް ކުރިއަށް ދާނީ މިއަދުގެ ހަވީރު 5:00 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް