ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވަނީ 3313 ފޯމާއިއެކުގައެވެ.
https://twitter.com/a_nadraa/status/1164430239784554497
އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް ފޯމުތައް މިއަދު ހުށަހަޅާފައިވަނީ އެމްއާރުއެމް މޫވްމަންޓަށް ނިސްބަތްވާ ހަތަރު މިނިސްޓަރުން ހިމެނޭހެން އެ މޫވްމެންޓްގެ ޓީމެއް މިއަދު އިލެކްޝަންސް ކޮމިޝަނަށް ގޮހެވެ.
އެމްއާރުއެމް މިހާރު ހިންގަމުން އަންނަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް، މި ނަމުގައި މޫވްމެންޓެއްގެ ގޮތުގައެވެ. ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މިއަދު ހުށަހަޅާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސުން ދީފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން، އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް