550 އަންހެނުންގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކު ހައްޔަރުކޮށްފި

މެޑްރިޑުގައި 550 އަންހެނުންގެ ބަރަހަނާ މަންޒަރު ނަގައި، އެ އެއްޗެހި ލީކުކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. މީޑިއާތަކާއި ހަވާލާދީ ...

22 Aug 2019 | 06:10

މެޑްރިޑުގައި 550 އަންހެނުންގެ ބަރަހަނާ މަންޒަރު ނަގައި، އެ އެއްޗެހި ލީކުކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. މީޑިއާތަކާއި ހަވާލާދީ މެޑްރިޑްގެ ފުލުހުން ބުނެފައިވަނީ އެ މުސްކުޅި މީހާ އެ މަންޒަރުތައް ނަގާފައިވަނީ އޭނާގެ ދަބަހުގައި ހަރުކޮށްފައިވާ ވަގު ކެމެރާއަކުން ކަމަށެވެ. އަދި އޭނާ ޖުމްލަ 555 މީހުންގެ ބަރަހަނާ މަންޒަރުތައް ނަގާ، އޭގެތެރެއިން 283 ވީޑިއޯއެއް، ބަރަހަނާ ވެބްސައިޓުތަކަށް އަޕްލޯޑް ކޮށްފައިވެއެވެ.

އޭނާ ބަރަހަނާ މަންޒަރު ލީކް ކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް ވެއެވެ.

ފުލުހުންވަނީ އެ މީހާގެ ގެ ބަލާ ފާސްކޮށްފައެވެ. އޭނާގެ ގެ ބަލާ ފާސްކުރި އިރު ބަރަހަނާ މަންޒަރު ހުރި ހާރޑް ޑްރައިވް ތަކަކާއި ލެޕްޓޮޕެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ވެބްސައިޓުގައި 3,519 ސަބްސްކްރައިބާސް ތިބެއެވެ.

މެޑްރިޑް ގައި ބަރަހަނާ މަންޒަރު ނަގައި އެ ލީކް ކުރުމަކީ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް