ފޮނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ހޮވުނު މީހުންގެ ލިސްޓް އާންމުކޮށްފި

ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެެވެ. ހައުސިންގ ޔުނިޓުތައް ލިބުނު މީހުންގެ ލިސްޓާއި އެކު، ޕޮއިންޓް ލިސްޓްތައްވެސް ވަނީ އާންމުކޮށްފައެވެ. ...

22 Aug 2019 | 05:38

ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެެވެ.

ހައުސިންގ ޔުނިޓުތައް ލިބުނު މީހުންގެ ލިސްޓާއި އެކު، ޕޮއިންޓް ލިސްޓްތައްވެސް ވަނީ އާންމުކޮށްފައެވެ. އަދި މިހާރު ވަނި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެގޮތުން މި ފެށޭ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފޮނަދޫ ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅޭނެއެވެ. ހައުސިންގ ޔުނިތްތަކަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓް އިޢުލާންކުރާނީ ޝަކުވާތަކަށް ބެލުމަށްފަހުގައެވެ.

3 ކޮޓަރީގެ މި ހައުސިންގ ޔުނިޓުތަކަކީ ގާދޫއިން ފޮނަދޫއަށް މީހުން ބަދަލުކުރުމަށް އެޅި 50 ހައުސިންގ ޔުނިޓެވެ. އޭގެތެރެއިން 23 ހައުސިންގ ޔުނިޓު ދީފައިވަނީ ގާދޫއިން ފޮނަދޫއަށް ބަދަލުވި މީހުނަށެވެ. އަދި ބާކީ 27 ފްލެޓް ދޭން ނިންމާފައިވަނީ ފޮނަދޫ ރައްޔިތުންނަށެވެ.

ހައުސިންގ ޔުނިޓްތަކަށް ޑައުން ޕޭވްމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 19000 ރުފިޔާއެވެ. މަހަކު 2500 ރުފިޔާ ދައްކަންޖެހޭގޮތަށް 20 އަހަރަށް ބަހާލައިގެން، ހައުސިންގ ޔުނިޓަކަށް ޖުމްލަ 6 ލައްކަ ރުފިޔާ ދައްކަން ޖެހެއެވެ.

ފޮނަދޫއަކީ 2800 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ހައުސިންގ ޔުނިޓްތަކަށް އެދި 400 އަށްވުރެ ގިނަ ފަރާތުންވަނީ ފޯމް ހުށައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް