ހދ.ނޮޅިވަރަންފަރުގައި ސަރުކާރުން ހަދާފައިވާ ބަނދަރު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ހުޅުއްވައި ދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރުގެ ބަނދަރު ހުޅުއްވައިދެއްވެވީ މިހާރު ހދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ނޮޅިވަރަންފަރަށް ވަޑައިގެން ނެވެ.
ނޮޅިވަރަންފަރުގައި ހަދާފައިވާ ބަނދަރަކީ އެމްޓީސީސީން އެރަށުގައި ހަދާފައިވާ ބަނދަރެ ކެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ދިވެހި ސަރުކާރުން ޚަރަދުރައްވައިގެން ހަދާފައިވާ މިބަނދަރަށް ގާތްގަޑަކަށް 45 މިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މިބަނދަރު ހަދަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ބަނދަރު ހަދާ ނިންމާފައިވަނީ މިއަހަރުގެ މާރޗްމަހު އެވެ.
މި ބަނދަރަކީ 760 ފޫޓް ދިގު އަދި 250 ފޫޓް ފުޅާ ބަނދަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް