ޕްރިޔަންކާގެ މަންމަ ބުނަނީ ނިކް އާއި ޕްރިޔަންކާ އަދި ކައިވެނިކުރަން ނޫޅޭ ކަމަށް

ޕްރިޔަންކާ ޗޮޕްރާ އާއި ނިކް ޖޯނަސް އަދި ކައިވެނި ކުރަން ނޫޅޭކަމަށާއި ދެމީހުންވެސް ނިންމަންޖެހޭ މަސައްކަތްތައް ހުރުމާއެކު އަދި ކައިވެނި ކުރާނެ ދުވަހެއް ކަނޑަނާޅާކަމަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޮޕްރާ ބ...

22 Aug 2018 | 08:23

ޕްރިޔަންކާ ޗޮޕްރާ އާއި ނިކް ޖޯނަސް އަދި ކައިވެނި ކުރަން ނޫޅޭކަމަށާއި ދެމީހުންވެސް ނިންމަންޖެހޭ މަސައްކަތްތައް ހުރުމާއެކު އަދި ކައިވެނި ކުރާނެ ދުވަހެއް ކަނޑަނާޅާކަމަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޮޕްރާ ބުނެފި އެވެ. މީޑިޔާއަށް ދީފައިވާ އިންޓަރވިއުއެއްގައި މަދޫ ބުނެފައިވަނީ ކައިވެނި ކުރާނެ ތަނަކާއި ދުވަހެއް އަދި ކަނޑަނާޅާ ކަމަށާއި އެކަން ޕްރިޔަންކާ އާއި ނިކް އަދި ނުނިންމާ ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރ މަހު ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރަން އުޅޭކަމަށް ބުނެ މީޑިޔާ ރިޕޯޓްތައް ވަނީ ފެތުރިފަ އެވެ. ކައިވެނިކުރުން އަވަސް ހިސާބެއްގައި ނެތްކަމަށް ޕްރިޔަންކާގެ މަންމަ ބުނި ނަމަވެސް ޕްރިޔަންކާގެ މަންމަ ހުރީ ޕްރިޔަންކާއާއި ނިކްގެ މިގުޅުމަށް ނިކަން ޤަބޫލުވެފަ އެވެ. މަދޫ ބުނެފައިވަނީ ނިކް އަކީ މަޑުމައިތިރި ކަންކަމާ ދޭތެރޭ ރަނގަޅަށް ވިސްނަން އިނގޭ، ބޮޑެތި މީހުންނަށް އިޚުތިރާމު  ކުރާ މީހެއްކަމަށާއި ޕްރިޔަންކާގެ ފިރިމާހާއަށް ވާ މީހެއްގެ ފުށުން އޭނާ ބޭނުންވަނީ އެސިފަތައް ކަމަށެވެ. މަދޫ ބުނީ ޕްރިޔަންކާގެ މި ނިންމުމާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި ، މިގުޅުން ކުރިޔަށް ގެންދިޔުމާ މެދު ޕްރިޔަންކާ އެކިގޮތް ގޮތަށް ވަރަށް ބޮޑަށް ވިސްނިކަމަ ށެވެ.

ޕްރިޔަންކާގެ މަންމަ ބުނީ ބޭނުންވަނީ ޕްރިޔަންކާ އިންޑިޔާގެ ޘަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށްކަމަށާއި އެއީ އޭނަ އެދޭ ހަމައެކަނި އެދުންކަމަ ށެވެ. ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމެންޓްވެސް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިޔާގެ ޘަގާފަތާއެއް ގޮތަށެވެ.

ކޮންމެއަކަސް ޕްރިޔަންކާ އާއި ނިކްގެ މިގުޅުމާމެދު ޕްރިޔަންކާގެ މަންމަ މަދޫ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. މަދޫ ބުނީ ޕްރިޔަންކާ ކައިވެންޏެއް ކޮށްގެން އުޅޭތަން ބަލަން އޭނަ ވަރަށް ބޭނުންވާކަމަށާއި އެކަމަށް ޕްރިޔަންކާ އަށް ބާރުވެސް އެޅި ކަމަށެވެ. ޕްރިޔަންކާގެ މަންމަގެ މިއެދުން ފުރިހަމަވުމަށް ދެން މާގިނަ ދުވަހެއް ނެއްތާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް