އިތުރު 15 މެމްބަރަކު އިދިކޮޅާއި ގުޅޭނެކަމަށް މުސްތަފާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އިތުރު 15 މެމްބަރަކު އިދިކޮޅާއި ގުޅޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ. މުސްތަފާ މިގޮތަށް ވިދާޅުވީ ކުރައްވާފައިވ...

22 Aug 2018 | 07:47

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އިތުރު 15 މެމްބަރަކު އިދިކޮޅާއި ގުޅޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ. މުސްތަފާ މިގޮތަށް ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައިވަނީ 15 މެމްބަރަކު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) އާ ބައިއަތު ހިފާނެކަމަ ށެވެ. ނަމަވެސް އެއީ ކޮންކޮން މެމްބަރުންތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ. އަދި އެމެމްބަރުން އެކަން ކުރައްވާނީ ކޮން އިރަކު ކަމެއްވެސް މުސްތަފާ ހާމަކުރައްވާފައެއް ނުވެ އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވެފައިވަނީ އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމަ ށެވެ. އަދި އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނާފައިވާ ޤާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް