އެހީވުމަށް ރާއްޖެއިން ދޭ ބައިލައްކަ ޑޮލަރަށް އިންޑިއާއިން ނޫނެކޭ ބުނެފި

ކެރެލާގައި ފެންބޮޑުވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖެއިން އިންޑިއާއަށް ދޭ ބައިލައްކަ ޑޮލަރަށް އިންޑިއާއިން ނޫނެކޭ ބުނެފި އެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތު...

22 Aug 2018 | 06:01

ކެރެލާގައި ފެންބޮޑުވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖެއިން އިންޑިއާއަށް ދޭ ބައިލައްކަ ޑޮލަރަށް އިންޑިއާއިން ނޫނެކޭ ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖެ، ގަތަރު އަދި އެކުވެރި އަރަބި އިމާރާތުން އެހީތެރިކަން ފޯރުކޮށްދޭޏް އެދިފައިވެއެވެ. ނަމަވެސް ޝުކުރުވެރިކަމާއެކު އެ އެހީ ބޭނުން ނުކުރަން ނިންމާފައިވާކަމަށް ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ޓައިމްސް އޮން އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ސަބަބެއްކަމުގައި އިންޑިއާއިން ބުނެފައިވަނީ ކެރެލާއަށް އެހީވުމުގައި ސަރުކާރުގެ އަމިއްލަ ތަކެއްޗާއި އަމިއްލައަށް ހަރަދުކުރުމެވެ.

ރިޕޯޓްކޮށްފައވާގޮތުގައި ގަތަރުން 34 ކުރޯޑު ރުޕީސް އަދި އެކުވެރި އަރަބި އިމާރާތުން 700 ކުރޯޑު ރުޕީސްގެ އެހީ ދިނުމަށް ނިންމާފައވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް