އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ކެމްޕޭން ދަތުރުފުޅެއްގައި ނ އަދި ރ އަތޮޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ. ހޮނިހިރު ދުވަހާހަމައަށް އިބޫ ކުރައްވާ މިދަތުރުފުޅުގައި، ނ އަދި ރ އަތޮޅުގެ 19 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ.
މިދަތުރު ފުޅުގައި އިބޫ އެންމެ ފުރަތަމަ ވަޑައިގެންނަވާނީ ނ އަތޮޅުގެ ރަށްތަކަށެވެ. އެއަށްފަހު ރ އަތޮޅަށް ވަޑައިގެންނަވާނެއެވެ. ކެމްޕޭން ދަތުރުފުޅެއްގައި އިބޫ އެންމެ ފަހުން ވަޑައިގެންފައިވަނީ ކ އަތޮޅުގެ ތިން ރަށަކަށެވެ. އޭގެކުރިން ހދ އަތޮޅަށް އިބޫ ވަނީ ވަޑައިގެންފައެވެ.
އިދިކޮޅު ކޯލިޝަންގެ ބޭފުޅުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް