އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޕްރޫވްކުރަން ނުޖެހޭނެ ކަމުގައި އީސީގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުވާދު ތައުފީގު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
https://twitter.com/FuwadThowfeek/status/1031976199675817984
މަހްލޫފްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޓެބްލެޓަށް ނަތީޖާ އެންޓަރ ކުރުމުން، އީސީ އިން އިލެކްޓްރޮނިކަލީ އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓެއް ނުކުރެވޭ ކަމަށެވެ. ކުރިން އޮންނަ އުސޫލުން ޝީޓްގައި އަތުން ލިޔެފަ ވޯޓް ގުނާ މަރުކަޒުގަ ނަތީޖާ ޝީޓް ތަތްކުރަން ޖެހޭނެކަމަށެވެ. އަދި ވޯޓް ގުނަން ޓެބްލެޓް ބޭނުންކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފުކަމެއް ކަމަށެވެ.
https://twitter.com/AhmedMahloof/status/1031776273138298880
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު ވޯޓު ގުނުމުގެ ހުރިހާ ކަމަކާއި ވޯޓު އިއުލާނު ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ކުރީގެ އިންތިޚާބު ތަކެކޭވެސް އެއްގޮތަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ގޮތަށް ޓްވީޓްކޮށް ހެދުމުން ރައްޔިތުންނަށް މައުލޫމާތު އޮޅޭގޮތްވާކަމަށާއި ވޯޓު ގުނުމާއި ނަތީޖާ އިއުލާނު ކުރުމުގެ ޕްރޮސެސް ކުރިއަށްދާނީ ހަމަ ކުރީގެ އިންތިހާބުތަކެކޭ އެއްގޮތަށްކަމަށެވެ. އަދި ނަތީޖާ ޝީޓްވެސް އިންތިހާބީ މަރުކަޒުގައި ހަރުކުރެވޭނެ ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.
މަހްލޫފްގެ ޓްވީޓަށް ދެފަހަރެއްގެ މަތިން ރައްދު ދެއްވަމުން ފުވާދު ވިދާޅުވެފައިވަނީ ވޯޓް ގުނާ ފައި ވަގުތުން އެތަނުގައި އެ ފޮށީގެ ނަތީޖާ އިއުލާނުކުރަންޖެހޭނެ ކަމަށެވެ. އީސީން އެޕްރޫވްކުރަން ނުޖެހޭނެކަމަށެވެ. މަޑުކުރަން ނުޖެހޭނެކަމަށެވެ. މިކަން އިންތިޚާބުތަކާއިބެހޭ ގާނޫނުގައި ސާފުކޮށް ލިޔެފައި އޮންނާނެކަމަށެވެ.
"ވޯޓު ގުނާއިރު ޖެހޭނީ ތިބް ބަޔަކަށް ބައި އަޅަށް، ކެނޑިޑޭޓް 1، ކެނޑިޑޭޓް 2 އަދި ބާތިލް ވޯޓް، އެއަށްފަހު ކޮންމެ ބައެއް ވަކިން އަޑުހަރުކޮށް ގުނާ ނަތީޖާ އެތަނުގައި އިއުލާނުކުރަންޖެހޭނެ" ފުވާދު ވިދާޅުވެފައިވެއެވެ.
https://twitter.com/FuwadThowfeek/status/1031971298539229184
ފުވާދު އިތުރަށް ވިދާޅުވެފައިވަނީ އެ ނަތީޖާ ޝީޓްއެއްގައި ލިޔެ އެތާނގައި ހަރުކުރަންޖެހޭނެކަމަށެވެ. އަދި ޓެބްލެޓްގެ މަސައްކަތް އަންނާނީ އެއަށްފަހުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް