ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައު އިމާރާތުގައި ގާއިމްކޮށްފައިވާ ޖިމާއި ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައު އިމާރާތުގައި ރެސްޓޯރެންޓާއި ޖިމް ގާއިމްކޮށްފައިވަނީ އެ އިމާރާތުގެ ޓެރަހުގައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ ރެސްޓޯރެންޓް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ. އެކަމުގެ އިއުލާނު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ނެރެދެއްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ އައު އިމާރާތުގައި ޖިމަކާއި ރެސްޓޯރެންޓެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް ނިންމާފައިވެއެވެ. އެތަންތަން ހުޅުވަން ނިންމާފައިވަނީ މަޖިލީހުގެ ސޯޝަލް ކްލަބުންނެވެ. އެ ކްލަބުގައި ތިބެނީ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް