ޒަމާނީ ފެންވަރަށް ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ: އެމްޓީސީސީ

ޒަމާނީ ފެންވަރަށް ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ، ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މ...

22 Jul 2020 | 05:21

ޒަމާނީ ފެންވަރަށް ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ، ރ. ދުވާފަރުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްވަނީ މި މަހުގެ 14 ވަނަ ދުވަހު ނިމިފައި ކަމަށެވެ.

އަދި މިހާތަނަށް އެރަށުގެ 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅިފައިވާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން މަގުގައި ދުއްވޭ ގޮތައް 25،513 ސްކުއެއާ މީޓަރުގެ ސަރަހައްދެއް ގާއިމްކުރުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަނަށެވެ

މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުއަށް ހަރަދުވާނެކަމަށް އެ ކުންފުނިން ލަފާކުރަނީ 47.04 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް