ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވާން ޖޭއެސްސީއަށް ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ނަސޭހަތް ދިނުމަށް، މި ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓ...

22 Jul 2019 | 14:29

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ނަސޭހަތް ދިނުމަށް، މި ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅައިފިއެވެ.

ޖޭއެސްސީން މިއަދު ބުނެފައިވަނީ ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ހުށަހެޅި މައްސަލަ، ތަހުގީގު ކުރި ކޮމިޓީގެ ރިޕޯޓް ބަލައިގަންނަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައިނިންމާފައިވާކަމަށެވެ. އެ ރިޕޯޓްގައި ހުށަހަޅާފައިވަނީ އެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ.

މި މައްސަލައިގާ ކޮމިޓީގެ ރިޕޯޓް ޖޭއެސްސީއަށް ބަލައިގެންފައިވާއިރު ޖޭއެސްސީން ވަނީ ގާނޫނުގައި ބުނާ ފަދައިން އުއްދަތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރުން މި މައްސަލައިގާ ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ނިންމާފައެވެ.

އުއްތަމަ ފަނޑީޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަމުން އަންނަ ކަން ޖޭއެސްސީން ހާމަކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ތަފްސީލު ޖޭއެސްސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް