ދުބާއީ މަސް މާރުކޭޓުގައި މަސް ވިއްކަން ކަނބަލުން !
މި ކަނބަލުން ބުނަނީ އެންމެ ފުރަތަމަ އަހަރެމެން މިތާނގައި މަސައްކަތް ކުރަން ފެށުމުން މީހުން ސަޕްރައިޒް ވި ކަމަށެވެ. އަންހެން ކަނބަލުން މަސް ވިއްކަން ތިބެދާނެ ކަމަކަށް އެމީހުން ހިއެއް ނުކުރޭ ކަމަށެވެ.
"އެމީހުން އަހަރެމެންނާ މުހާތަބު ކުރާނީވެސް ހަމަ ފިރިހެން ކަލުންނާވެސް މުހާތަބު ކުރާ ގޮތަށް، އަހަރެމެންވެސް އެދެނީ ހަމަ ހަމަ ކަމާއެކު މުހާތަބު ކުރުމަށް" ދުބާދީ ޕޯސްޓުން ތައްޔާރުކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވެއެވެ.
މި ކަނބަލުން ބުނެފައިވަނީ އެ ތާނގައި މަސައްކަތް ކުރުމަކީ ލަދެއް ނޫން ކަމަށާއި ކޮންމެ ދާއިރާއެއްގައިވެސް ކަނބަލުންނަށް މަސައްކަތް ކުރެވެން ވާނެ ކަމަށެވެ. ސާބިތު ކޮށްދޭން ބޭނުންވަނީ އެކަން ކަމަށެވެ.
"މީގެ 40 އަހަރު ކުރީގައިވެސް ކަނބަލުން މިފަދަ މާކެޓް ތަކުގައި މަހާއި ތަރުކާރީ ވިއްކާފައިވޭ ނަމަވެސް ކަނބަލުން އަލުން މި ދާއިރާއަށް މި ނިކުތީ އަހަރުތަކެއް ފަހުން" އެ ކަނބަލުން ބުނެފައިވެއެވެ.
މި ކަނބަލުން ބުނެފައިވަނީ ލެއްވި ރަހުމަތާއި ދެއްވި ނިއުމަތަށް މާތް ﷲ އަށް ހަމްދު ކުރާ ކަމަށެވެ. އަދި މިކަމުން އަހަރެމެންނަށް ރަނގަޅު އާމްދަނީ އެއް ލިބޭ ކަމަށާއި އެ ކަނބަލުންގެ އާއިލާ ކައި ބޮއެ އުޅެނީ އެ ކަނބަލުން އެ ކުރާ މަސައްކަތުން ލިބޭ އާމްދަނީން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް