ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުޅުވާލައިފިއެވެ. ފުލުހުން އިއްޔެ ނެރުނު އިއުލާނެއްގައި ވާގޮތުން، ހުޅުވާލައިފައި ވަނީ ފުލުހުންގެ އެންމެ އާދައިގެ ރޭންކް ކަމަށްވާ ޕޮލި...

22 Jul 2019 | 13:50

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުޅުވާލައިފިއެވެ.

ފުލުހުން އިއްޔެ ނެރުނު އިއުލާނެއްގައި ވާގޮތުން، ހުޅުވާލައިފައި ވަނީ ފުލުހުންގެ އެންމެ އާދައިގެ ރޭންކް ކަމަށްވާ ޕޮލިސް ކޮންސްޓެބަލް ގެ މަގާމަށެވެ.

މި ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އޯލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއި، އޯލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުންނަން ޖެހޭނެކަމަށް ފުލުހުން ނެރުނު އިއުލާނުގައި ވެއެވެ. އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓަށްވުރެ ކުރު ނޫން މީހަކަށް ވާންޖެހޭނެއެވެ. މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ފުލުހުންގެ މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ މުސާރަ އަކީ 11،810 ރުފިޔާ އެވެ. އަސާސީ މުސާރަ އަކީ 4،650 ރުފިޔާ އެވެ.

މި މަގާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ފުރިހަމަކުރަން ޖެހޭ ފޯމާއި ލިޔެކިޔުންތައް އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގުން ފޯމު ބަލައިގަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް