އަލް ނޫރު ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް!

އަލް ނޫރް ހިކިކިރުގެ ހާއްސަ އަގުތަކެއް ބާޒާރަށް ތައާރަފްކޮށް، ޕެކެޓެއް ބައްލަވައިގަނެގެން ކޮންމެ ބޭފުޅަކަށްވެސް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަރމާޓުން ފަށައިފިއެވެ. އެސްޓީއޯ އިން ބުނީ، ބައްލަ...

22 Jul 2019 | 12:33

އަލް ނޫރް ހިކިކިރުގެ ހާއްސަ އަގުތަކެއް ބާޒާރަށް ތައާރަފްކޮށް، ޕެކެޓެއް ބައްލަވައިގަނެގެން ކޮންމެ ބޭފުޅަކަށްވެސް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަރމާޓުން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، ބައްލަވައިގަންނަވާ ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއިއެކު އަލްނޫރު ލޯގޯޖެހި ހާއްސަ ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި، މިޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނޭފަދަ ޕްރޮމޯޝަނެއް ކަމަށެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެކެވެ. މިކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓުން، ބައްލަވައިގަންނަވާ އަލްނޫރު ހިކިކިރު ކޮންމެ ސައިޒެއްގެ ޕެކެޓަކާއި އެކު ރީތީ ބިއްލޫރިތަށްޓެއް ކަސްޓަމަރުންނަށް މިޕްރޮމޯޝަނުން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިގޮތުން އަގުތަކަށް ބަލާއިރު 800 ގުރާމް 95ރ އަށް އަދި 1800 ގުރާމް 102ރ އަށް އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓް ފިހާރައިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޭހުން ބައްލަވައިގަންނަވާނަމަ، އަލްނޫރު 800 ގުރާމް (12 ޕެކެޓު) 1035ރ އަށް، 1800 ގުރާމް (6 ޕެކެޓު) 1165ރ އަށް އަދި 2250 ގުރާމް (6 ޕެކެޓު) 1385ރ އަށް އެސްޓީއޯ ސުޕަރމާޓް އަދި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮމޯޝަނުން ލިބެމުންދާ ރީތި ބިއްލޫރިތައްޓަށް ގިނަބަޔެއްގެ އަދި ހާއްސަކޮށް އަންހެން ބޭފުޅުންގެ ތަރުހީބު ލިބެމުންދާކަމުގައި އެސްޓީއޯ ސުޕަރމާޓުން މައުލޫމާތު ދެއެވެ.

އަލްނޫރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުން ލިބެން ހުރިއިރު އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް