އަންހެނަކު ޖާނުން ފިދާވެ ދިން ހަމަލާއެއްގައި އަށް މީހަކު މަރުވެއްޖެ

ޕާކިސްތާނުގައި އަންހެނަކު ޖާނުން ފިދާވެ ދިން ހަމަލާއެއްގައި އަށް މީހަކު މަރުވެ 26 މީހަކު ޒަހަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ އިރު އިތުރުން ޑޭރާ އިސްމާއިލް ޚާން ސަރަހައްދުގައި ހޮސްޕިޓަލ...

22 Jul 2019 | 08:26

ޕާކިސްތާނުގައި އަންހެނަކު ޖާނުން ފިދާވެ ދިން ހަމަލާއެއްގައި އަށް މީހަކު މަރުވެ 26 މީހަކު ޒަހަމްވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ އިރު އިތުރުން ޑޭރާ އިސްމާއިލް ޚާން ސަރަހައްދުގައި ހޮސްޕިޓަލެއްގެ ކައިރީގައެވެ.

މި ހަމަލާގެ ޒިންމާ މިހާރު ވަނީ ޕާކިސްތާނުގެ ތެހެރީކޭ ތާލިބާނުން ނަގާފައެވެ. އާންމުކޮށް އެ ސަރަހައްދުގައި ދޭ މިފަދަ ހަމަލާތަކުގެ ޒިންމާ ނަގަމުން އަންނަނީ ތާލިބާނުންގެ އެ ޖަމާއަތުންނެވެ.

މި ހަމަލާގައި އަށް މީހަކު މަރުވެ 26 މީހަކު ޒަހަމްވެފައިވާއިރު އެ ހަމަލާ ދިން ސަރަހައްދުގައި ހުރި ހޮސްޕިޓަލުގެ އެމަޖެންސީ ވޯޑަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް ބުނެފައިވާކަމަށްވެސް ރިޕޯތްކޮށްފައިވެއެވެ.

ތާލިބާނުން ބުނެފައިވާގޮތުގައި މި ހަމަލާއަކީ މީގެ މަހެއް ހާ ދުވަސް ކުރިން ތާލިބާނުންގެ ދެ މީހަކު މަރާލާފައިވާތީ އެކަމުގެ ރައްދުގައި ދިން ހަމަލާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް