ރޮށްޓާއި ގަރުދިޔައަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ކެއުމެކެވެ. އަހަރެެމެންގެ ލޮބުވެތި ކާބަފައިންގެ ޒަމާނުއްސުރެން އެންމެނަށްހެން އެންމެ ކަމުދާ އެއް ކެއުމަށް ރޮށްޓާއި ގަރުދިޔަ ވެފައިވާއިރު މިއަދުގެ މުޖުތަމައުގައި މިކަން މިއޮތީ ވަރަށްވެސް ތަފާތު ކޮށެވެ.
އާ ޖީލެއް އުފެދި އާ ކެއުންތައް މިވަނީ މިއަދު އާންމުވެފައެވެ. ހަމަ އެގޮތަށް އަހަރެމެންގެ "އޯލް ޓައިމް ފެވަރިޓް" ރޮއްޓާއި ގަރުދިޔަ ވެފައިވަނީ ރާއްޖޭގެ އާޖީލުގެ ކުދިން "ފަކުރު" ގަންނަ އެއްޗަކަށް ވެފައެވެ.
އެހެނަސް ބުނަން ހެއްޔެވެ. ރޮއްޓާއި ގަރުދިޔަ އާއި ތެއްލިފަތާއި ތެއްލިމިރުހާއި، ފިޔާ، އަދި ލުނބޯ ލައިގެން ކެއުން ތައްޔާރުކޮށްލާއިރު އެނޫން އެހެން އެއްޗެއް ކާހިތް ނުވާ ވަރުވެގެން ދާނެއެވެ. މިހެން ބުނުމުން، މިހާރު އެފަދައިން މޮޑެފަ، ކާންތައްޔާރަށް ހުރި ތަށި ލޯކުރިމަތިން ސިފަވާނެކަން ހަމަ ޔަގީނެވެ.
ކޮންމެއަކަސް އެއީ ދިވެހިން ހެނދުނު ކާ ކެއުންތަކާއި ވާދަ ނުކުރެވޭނެ ވަރުގެ ކެއުމެކެވެ. މި ކެއުމަކީ އެއަށްވުރެ މާ ފެންވަރުގެ ކެއުމެކެވެ. އެ ގޮތުންވެސް ހުނި ރޮށްޓާއި ގަރުދިޔަ ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް