މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޖަޕާނުގެ އަސްކަރިއްޔާ ގުޅިގެން ހާއްސަ ތަމްރީނެއް މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ތަމްރީނަކީ އެމްއެންޑީއެފްގެ ކޯސްޓުގާޑާއި، ޖަޕާނުގެ މެރީޓައިމް ސެލްފް ޑިފެންސް ފޯސް ގުޅިގެން ހިންގާ ތަމްރީނެއް ކަމަށެވެ.
މިއަދު 11:00 އިން މެންދުރު 01:00 އަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ބައިވެރިވަނީ ކޯސްޓުގާޑުގެ މަނަވަރު ހުރަވީ އާއި ޖަޕާނުގެ ނޭވީގެ ފްލައިޓެކެވެ.
ސާޗް އެންޑް ރެސްކިއު އަށް ހާއްސަ އެ ތަމްރީނު ކުރިއަށް ދަނީ ހުޅުމާލެ އިރުމަތީ ފަރާތުން ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.އެމްއެންޑީއެފުން ބުނީ އެ ތަމްރީނުގެ މަގްސަދަކީ ކަނޑު މަތީގައި ދިމާވާ ހާދިސާތަކުގައި އަމަލު ކުރާނެ ގޮތާއި ކަނޑުވެފައި ތިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތައް ދަސްކުރުމެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީ އަށް ގިނަ އެހީތަކެއް ވެދޭ ގައުމެކެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އެކި ކަންކަމުގައި ވެސް ޖަޕާނުގެ އެހީ އަބަދުވެސް ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް