ފަޔަށް ތޮޅިއެއް ހެރުނު މީހަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

މިއަދު ފަތިހު އެން ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ފަޔަށް ތޮޅިއެއް ހެރުމުން ފުލުހުން އޭނާ އެމެޖެންސީގައި މާލެ ގެނެސް، ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ. އެ ހާދިސީ ހިނގާފައިވަނީ ފަތިހު 04:30 ހ...

22 Jul 2019 | 05:40

މިއަދު ފަތިހު އެން ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ފަޔަށް ތޮޅިއެއް ހެރުމުން ފުލުހުން އޭނާ އެމެޖެންސީގައި މާލެ ގެނެސް، ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ. އެ ހާދިސީ ހިނގާފައިވަނީ ފަތިހު 04:30 ހާއިރެވެ. ފުލުހުން ހާމަކުރިގޮތުގައި ތޮޅި ހެރިފައި ވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ފަޔަށެެވެ.

އޭނާގެ ފަޔަށް ތޮޅި ހެރި ޒަހަމްވެފައި ވަނީ ކ. ވަށްބިންފަރު ކައިރީ އޮންނަ ފަރަކަށް އެން ހިފަން މޫދަށް ފައިބައިގެން އުޅެނިކޮށް ކަމަށް ވެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުން އޭނާ މާލެ ގެނެސް، ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފެށި ކަމަށެވެ.

އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް