ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މާލެ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:30 ގައި ސިފައިންގެ މައި މަރުކަޒު އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.
އެގޮތުން މިފަހަރުގެ ހިނގާލުމުގައިވެސް އެހެން ފަހަރުތަކާއި އެއްގޮތަށް މާލޭގެ އެކި ސަރަހައްދުތަކަަށް މަޑުކުރަން ވަނީ ނިންމާފައެވެ.
އެގޮތުން ހުއްޓުމަށް ހަމަޖެހިފައިވާ ތަންތަނަކީ ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާއި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާއި މަޖީދީ މަގު މުލިއާގެ ކައިރި އާއި މާފަންނު ސަހަރާ ކުރިމައްޗެވެ.
އެގޮތުން އެހެން ހުއްޓާއިރު، ސިފައިންގެ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް