ރަސްދޫގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އއ. ރަސްދޫގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެއެވެ. ގެއްލިގެން ހޯދަމުން އަންނަ ކުއްޖާގެ ފޮޓޯއާއެކު އެ ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބު...

21 Jul 2019 | 22:50

އއ. ރަސްދޫގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެއެވެ.

ގެއްލިގެން ހޯދަމުން އަންނަ ކުއްޖާގެ ފޮޓޯއާއެކު އެ ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އއ. ރަސްދޫ ދޫގަސްގޭ ޝަކީބްގެ ދަރިފުޅު (ވިޝާލް، 13 އަހަރު) މިރޭ އިޝާ ނަމާދަށް ދިޔަފަހުން އެއްވެސް ހަބަރެއް ލިބިފައިނުވާތީ މިހާރު ދަނީ ހޯދަމުން ކަމަށެވެ.

"ވީމާ މި ކުއްޖާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ރަސްދޫ ޕޮލިސް ސްޓޭޝަން ނަމްބަރު 9791394 އާއި ހިއްސާކޮށްދެއްވުން އެދެމެވެ" އެ ޕޯސްޓްގައި ލިޔެފައިވެއެވެ.

އިތުރު ތަފްސީލް ހޯދާލުމަށް އެ ރަށު ކައުންސިލަށް ގުޅާލުމުން ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވިދާޅުވީ ރަށުގެ ރައްޔިތުންނާއި ފުލުހުން އަދި ކައުންސިލުން ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އެއް ބުރު ނިންމާފައި ދެވަނަ ބުރަށް މި ފަށަނީ، ޗާޓު ހިފައިގެން ބައި ބަޔަށް ބަހާލައިގެން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށު ތެރެއާއި އަތިރިމަތިވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ގެއެއްގައި ނިދާފައި އޮވެދާނެ ކަމަށް ބަލައި ވަކި ވަކި ގެތައްވެސް ބަލަމުން އަންނަ ކަމަށެވެ.

[contentcards url="https://dhuvas.mv/90043" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް