ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ހަމަ އެކަނި ވޯޓަކުން ނުނިންމޭނެ ކަމަށާއި ނިންމޭނީ ފިސާރި ކެރިގެން ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.
"ޔާމީނުގެ ވެރިކަން ހަމައެކަނި ވޯޓަކުން ނުނިންމޭނެ" އަލީ ހުސެއިންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެ ޓްވީޓްގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ ވޯޓުން ބަލިކުރުމަށްފަހު ހަމަ އެދުވަހު މަގުމައްޗަށް ނިކުމެ އޭނާ މަގާމުން އިސްތިއުފާ ދޭން ގޮވާލަން ޖެހޭނެ ކަމަށެވެ. ވޯޓުލާ ނިމިގެން އެންމެން މާލެ އަރަންވާނެ ކަމަށެވެ. އަދި މިކަން ނިމޭނީ ފިސާރި ކެރިގެން ކަމުގައި އަލީހުސެއިންގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް