ޒަމާން ތަކަކަށްފަހު ސައުދީ އަރަބިއްޔާގައި ކަނބަލުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދީފައިވާއިރު ކަނބަލަކު ދުއްވި ކާރެއް ކޮންޓްރޯލު ނުވެ ގޮސް ފިހާރައަކަށް ވަދެއްޖެ އެވެ.
ސައުދީ ނޫސްތަކުގައިވާގޮތުގައި ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދިންފަހުން މިއީ ރަޖިސްޓްރީ ކުރެވުނު މިފަދަ ފުރަތަމަ މައްސަލަ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދީފައިވާއިރު އިއްޔެ ހިނގި މި އެކްސިޑެންޓްގައި، އެ ފިހާރައިގާ ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެ އެވެ.
މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން އަންހެންމީހާ ބުނެފައިވަނީ އޭނާގެ ކާރު ކޮންޓްރޯލުން ނެއްޓުނީ އޮޅިގެން ބްރެތްކަށާއި ރޭސް ޕެޑަލަށް އެކުގައި ދެފައިން ފިތާލެވުމުންނެވެ. މި އެކްސިޑެންޓް ތަހުގީގު ކުރަން ފަށާފައިވާއިރު ފިހާރައިގެ 12 މީޓަރު އެތެރެއަށް ކާރު ވަދެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް