ގެރީގެ ވިޔަފާރިއެއް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގައި މުސްލިމަކު މަރާލައިފި އެވެ. މަރުވި މުސްލިމު މީހާއަށް ހަމަލާދީނީ ގެރިއަށް އަޅުކަންކުރާ ގްރޫޕަކުން ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިއްޔެ ހިނގި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ރާޖަސްތާނުގައި އެވެ. އުމުރުން 28 އަހަރުގެ އެމީހާ މަރާލާފައިވަނީ ހަތް މީހަކު ވެގެން ހަމަލާ ދީގެން ކަމަށް މަރުވި މީހާގެ އާއިލާ މީހުން ބުނެ އެވެ.
އިންޑިއާގެ ރާޖަސްތާނު ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.
އިންޑިއާގައި ގެރިއަށް އަޅުކަންކުރާ ފަރާތްތަކުން، މޯދީ ވެރިކަމަށް އައި ފަހުން އެތައް މުސްލިމުންނެއް މަރާފައި ވެ އެވެ. މޯދީގެ ވެރިކަމުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ގެރި ކަތިލުން މަނާކޮށް ގެރީގެ ވިޔަފާރިކުރުން މަނާކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް